Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:12 - ކިތާބުލް މުޤައްދަސާ

12 ޕަތަރަސްއަށް މި ވީނުވީ ގޮތް އެނގުމުން އޭނާ ދިޔަގޮތަށް ދިޔައީ ޔޫޙަންނާގެ މަންމަ މަރިޔަމުގެ ގެއަށެވެ. މި ޔޫޙަންނާގެ އަނެއް ނަމަކީ މަރުކުސްއެވެ. އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ތެރެއިން އެތައް ބަޔަކު އެގެއަށް އައިސް ދުޢާ ކުރުމަށް ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:12
14 ပူးပေါင်းရင်းမြစ်များ  

ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ.


ޕަތަރަސް ޖަލުގައި ހައްޔަރު ކުރެވުމާއި އެކު އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ މީހުން އޭނާއަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ހިތުގެ އަޑިން ކެނޑިނޭޅި ދުޢާ ކުރަމުން ގެންދިޔައެވެ.


ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ.


އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ.


ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.


ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލުމުން އެމީހުން ދިޔައީ އީސާގެފާނުގެ މައްޗަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލު ކުރުމަށެވެ. ޕަތަރަސްއާ ޔޫޙަންނާ އެމީހުންނަށް ބަނީއިސްރާއީލުގެ ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން ބުނި ހުރިހާ އެއްޗަކާއި ކަން ކުރި ގޮތް ކިޔާދިނެވެ.


އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.


އަހަރެންގެ ކައިރީގައި ހުރީ ލޫކާސް އެކަންޏެވެ. ތިބާ އަންނައިރު މަރުކުސް ހޯދައި އޭނާ ގޮވައިގެން އައުން އެދެމެވެ. އެހެނީ އަހަރެންގެ މި މަސައްކަތަށް އޭނާގެ އެހީތެރިކަން އަހަންނަށް ލިބޭނެއެވެ.


މީގެ އިތުރުން އަހަރެންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މަރުކުސް އާއި، އަރިސްތާރުކު އާއި، ދެމާސް އާއި އަދި ލޫކާސް ވެސް ތިބާއަށް ތަހުނިޔާ ފޮނުވައެވެ.


ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ