Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:5 - ކިތާބުލް މުޤައްދަސާ

5 އޭނާ ބުންޏެވެ. ”⁠އެއްދުވަހަކު އަހަރެން ޖައްފާގައި ދުޢާ ކުރުމަށް އިންދާ ހުވަފެނެއް ފަދަ ގޮތަކަށް އަހަރެން މި ކަންތައް ދުށިން. އަހަންނަށް ފެނުނީ އުޑުން ބޮޑު ސަތަރިއެއް ފަދަ އެއްޗެއް އޭގެ ހަތަރު ކަނުގައި ހިފިފައިވާ ފަދައިން ތިރިވަނިކޮށް. އެ ސަތަރިގަނޑު އަހަރެންނާއި ވަރަށް ކައިރިއަށް އައި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:5
12 ပူးပေါင်းရင်းမြစ်များ  

މިއަށް ފަހު އަހަރެން އެނބުރި ޖެރޫސަލަމަށް އައިސް ބައިތުލް މަޤްދިސްގައި ދުޢާ ކުރަން އިންދާ އަހަންނަށް ހޭލާ ހުއްޓާ ހުވަފެނެއް ފަދައިން ފެނުނީ މާތް ސާހިބާ މި ފަދައިން ބުނި އަޑު. ’⁠އަވަސް ކުރާށޭ. ވިހާ ވެސް އަވަހަކަށް ޖެރޫސަލަމުން ދާށޭ. އެއީ ކަލޭ އަހަރެންނާއި މެދު ބުނާ އެއްވެސް ބަހެއް އަދި ހެއްކެއް ވިޔަސް މި ރަށުގެ މީހުން ގަބޫލެއް ނު ކުރާނޭ.⁠‘


ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަގީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


މި ޚަބަރު މުޅި ޖައްފާގައި ފެތުރުނެވެ. އަދި މި ކަމުގެ ސަބަބުން އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ