މަންދޫބުންގެ މަސައްކަތް 11:30 - ކިތާބުލް މުޤައްދަސާ30 ދެން މިމީހުން މިހުރިހާ އެއްޗެއް ބަރުނައްބާސް އާއި ޝާއުލްގެ ހަވާލުގައި ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބޮޑުންނާއި ހަވާލު ކުރުމަށް ފޮނުވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ.
އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.
އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.
އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.
ކަލޭމެންގެ ތެރެއިން މީހަކު ބަލިޙާލަތުގައި ވާނަމަ ޖަމާޢަތުގެ ބޮޑުންގެ ކިބައިން އޭނާގެ ކައިރިއަށް އައުމަށް އެދި އޭނާގެ ބަލި ޙާލަތާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކޮށްދިނުމަށް އެދޭށެވެ. އަދި މާތްސާހިބާގެ ނަންފުޅުން ބަލި ޙާލަތުގައިވާ މީހާގެ ހަށިގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅައި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅައި ދިނުމަށް އެދޭށެވެ.
އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.