މަންދޫބުންގެ މަސައްކަތް 11:3 - ކިތާބުލް މުޤައްދަސާ3 ”ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައި ވެސްފަ.“ အခန်းကိုကြည့်ပါ။ |
ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.
ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.
ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ.