Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:28 - ކިތާބުލް މުޤައްދަސާ

28 އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:28
10 ပူးပေါင်းရင်းမြစ်များ  

ދެން ފިރުޢައުނު ރަސްގެފާނު ދަރުބާރުގައިވާ ހުރިހާ އެންމެންނަށް ވިދާޅުވިއެވެ. ”⁠ޔޫސުފުއަށް ވުރެން ފުރިހަމައަށް ތިޔަ ކަންތައްތައް ޙައްލު ކުރެވޭނޭ މީހަކު އަހަރެމެންގެ ތެރެއިން ހޯދިދާނެތަ؟ މާތްކަލާނގެ ރޫޙުފުޅު އޭނާއާއި އެކުގައި ވޮޑިގެންވޭ!⁠“


އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“


އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ.


ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.


ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.


އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.


އަހަރެމެން އެގޭގައި ތިބި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޖުދެއާކަރައިން އައި އަގާބުސް އޭ ކިޔުނު މީހަކު ވެސް އެގެއަށް އައެވެ. މީނާއަކީ ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް އަންގަވަން އެދިވޮޑިގެންވާ ޚާއްސަ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔަ ނަބީއެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ