Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:26 - ކިތާބުލް މުޤައްދަސާ

26 ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:26
34 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.


ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް މިޚަބަރު ލިބުމުން އެމީހުން ބަރުނައްބާސް އަންތީޔޮކުއަށް ފޮނުވިއެވެ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ.


ނަމަވެސް އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން އޭނާގެ ކައިރިއަށް އެއްވުމުން ޕައުލް ތެދުވެގެން އެނބުރި ރަށުތެރެއަށް ދިޔައެވެ. އަދި އަނެއްދުވަހު ޕައުލް އާއި ބަރުނައްބާސް އެ ރަށުން ފުރައިގެން ދެރުބޭއަށް ދިޔައެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


ދެން ޕައުލް އާއި ބަރުނައްބާސް އެތައް ދުވަހެއްވަންދެން އަންތީޔޮކުގައި އީސާގެފާނު ގަބޫލުކޮށް އީމާންވެގެންވީ ޖަމާޢަތުގެ މީހުންގެ ގާތުގައި މަޑު ކުރިއެވެ.


ދެން އަޕޯލޮސް ގަސްތު ކުރީ އަކޭޔާއަށް ދިއުމަށެވެ. ދެން އީސާގެފާނުގެ ޖަމާޢަތުގެ މީހުން އޭނާއަށް އެ ރަށަށް ދިއުމަށް އެހީވެ އަދި އޭނާގެ އަތުގައި އެ ރަށުގެ އީމާންވެގެންވީ ޖަމާޢަތުގެ މީހުންނަށް އޭނާއަށް މަރުހަބާ ކިޔާ އޭނާގެ ވާހަކަ އެހުމަށް އެދި ސިޓީއެއް ވެސް ފޮނުވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ސަބަބުން އީސާގެފާނު ގަބޫލު ކޮށްގެން ތިބި އެ ރަށުގައި ވީ އެންމެންނަށް، އަޕޯލޮސް އެ ރަށަށް އައުމުގެ ސަބަބުން ވަރަށް ބޮޑު އެހީއަކަށް ވިއެވެ.


ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.


މި މައްސަލަގަނޑު ހަމަޖެހުމުން ޕައުލް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ފަހު އެމީހުންނަށް އަލްވަދާޢު ކިޔާ އެ ރަށުން ފުރައިގެން މެސެޑޯނިޔާއަށް ދިޔައެވެ.


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


އަހަރެމެން އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހޯދާ އެމީހުންނާއި ބައްދަލު ކުރީމެވެ. އަދި އެމީހުންގެ ގާތު ހަފްތާއެއް ވަންދެން މަޑު ކުރީމެވެ. އެމީހުންނަށް މާތްރޫޙުފުޅު އެންގެވީ، ޕައުލް ޖެރޫސަލަމަށް ނުދިއުމަށް ބުނެ އެންގުމަށެވެ.


އަގިރިފާ ރަސްގެފާނު ވިދާޅުވިއެވެ. ”⁠ތިޔަހާ އަވަހަށް އަހަރެން މަސީޙީންގެ މީހަކަށް ހެދިދާނެ ކަމަށް ކަލޭ ހީކުރަންތަ؟⁠“


އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.


އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.


ދެން އޭނާ ކާއެއްޗެއް ކެއެވެ. އަދި އޭނާގެގައި ވަރު ވެސް ޖެހުނެވެ. ޝާއުލް އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ގާތު ދިމިޝްޤުގައި ދެތިން ދުވަހު މަޑުކުރިއެވެ.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެން ވަނީ އެކަލާނގެ ކިބަފުޅުންނެވެ.


އަދި އެ މުއްސަނދިންނީ ކަލޭމެން މިލްކުވެގެންވާ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙާއި މެދުގައި ނެތިނުބައިގޮވި މީހުން ވެސް މެއެވެ.


އަލްމަސީޙުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމު ކުރަމުން ދާނަމަ އެއީ ތިޔަބައިމީހުންނަށް ލިބިދެނިވި ނިޢުމަތެކެވެ. ސަބަބަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ނޫރު ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވާތީއެވެ.


ނަމަވެސް މަސީޙީއެއްގެ ގޮތުގައި ވުމުން ލިބިދޭނެ ވޭނާއި މެދު ލަދުވެތިނުވާށެވެ. ތިޔަބައިމީހުންނަށް މަސީޙީއެއްގެ ގޮތުގައި ވުމަށް ލިބިދިން ޝަރަފަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރާށެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ