Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:25 - ކިތާބުލް މުޤައްދަސާ

25 ދެން މިއަށް ފަހު ބަރުނައްބާސް ދިޔައީ ޝާއުލް ހޯދުމަށްޓަކައި ތަރުސުސްއަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:25
6 ပူးပေါင်းရင်းမြစ်များ  

{ސިލާހު ގަސްތު ކުރީ އެ ރަށުގައި މަޑު ކުރާށެވެ.}


ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ނޫނޭ. އަޅުގަނޑަކީ ސިލީސިޔާގެ މުހިންމު ރަށް ކަމުގައި ވާ ތަރުސުސް އަށް އުފަންވެފައިވާ ބަނީއިސްރާއީލު މީހެއް. އަޅުގަނޑު މިމީހުންނާއި ވާހަކަދެއްކުމަށް ހުއްދަ ދެއްވާ.⁠“


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ތެދުވެގެން ގޮސް ސީދާމަގޭ ކިޔޭ މަގުގައިވާ ޔުދާސްގެ ގެއަށް ދޭ. އެގެއަށް ގޮސް އަހާ އެ ގޭގައި ޝާއުލް އޭ ކިޔާ ތަރުސުސްގެ މީހަކު ވޭހޭ. އޭނާ ހަމަ މި ވަގުތު ތިމަންކަލޭގެފާނުގެ ނަންފުޅުގައި އެބަ ދުޢާ ކުރޭ.


ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ.


ނަމަވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް މި ޚަބަރު ލިބުނެވެ. އެހެން ކަމުން އެމީހުން ޝާއުލް ކައިސަރިޔާ އަށް ގެންދިޔައެވެ. އަދި އެ ރަށުން އޭނާ ތަރުސުސް އަށް ފޮނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ