މަންދޫބުންގެ މަސައްކަތް 11:24 - ކިތާބުލް މުޤައްދަސާ24 ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. အခန်းကိုကြည့်ပါ။ |
ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ.
އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.
ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.