Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:20 - ކިތާބުލް މުޤައްދަސާ

20 ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:20
28 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.


މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށް ވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ.


އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް މިޚަބަރު ލިބުމުން އެމީހުން ބަރުނައްބާސް އަންތީޔޮކުއަށް ފޮނުވިއެވެ.


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


ދެން އެ ރަށުން އޮޑިއެއްގައި ދަތުރުކޮށް އެމީހުން ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ. މި ރަށަކީ އެމީހުން އެ މަސައްކަތެއް ކޮށް ނިންމާފައި އެއާ މަސައްކަތް އެމީހުންނާއި ހަވާލުކޮށް މާތްރަސްކަލާނގެ އެހީފުޅުގެ ދަށުން އެމީހުން އެ މަސައްކަތުގެ ދަތުރަށް ފެށި ރަށެވެ.


ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ.


އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟⁠“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”⁠ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.⁠“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.


ދެން ޕައުލް ދަތުރުކޮށް ކައިސަރިޔާއަށް ގޮސް ޖެރޫސަލަމަށް ދިޔައެވެ. ދެން އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންނާ ބައްދަލު ކުރިއެވެ. އެއަށް ފަހު ޕައުލް ދަތުރުކޮށް ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


އަދި އެއަށް ފަހު ކޮންމެދުވަހަކު އެމީހުން ބައިތުލް މަޤްދިސްގައާއި އަދި މީސްތަކުންގެ ގޭގޭގައި ވެސް މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އަދި އީސާގެފާނަކީ މާތްރަސްކަލާނގެ ހޮއްވަވާ ޚާއްސަކުރައްވާ މީސްތަކުން ދިންނެވުމަށް ފޮނުއްވި އަލްމަސީޙު ކަމުގެ ހެޔޮޚަބަރުފުޅު އަންގަމުން ގެންދިޔައެވެ.


އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.


އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


ދެން ފިލިޕު ހަމަ އޭނާ އެކީ އާޔަތްތަކުން ފަށައިގެން އަދި ވެސް އެހެން އާޔަތްތައް ވެސް ކިޔާދީ އޭނާ އަށް އެބޭކަލަކީ އީސާގެފާނު ކަން ހާމަކޮށްދީ އަދި އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އަދި އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދިނެވެ.


އޭގެ ތެރެއިން އެކަކީ ފިލިޕު އެވެ. އޭނާ ދިޔައީ ސަމީރިއްޔާއަށެވެ. އެ ރަށުގައި އޭނާ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައިދިނެވެ.


ދެން ހަމަ ވަރަށް އަވަހަށް ޝާއުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ތަންތަނަށް ގޮސް އެތަންތާގައި އީސާގެފާނުގެ ބަސްފުޅުތައް އަންގައިދޭން ފަށައިފިއެވެ. އޭނާ ބުނަމުން ދިޔައެވެ. ”⁠އާއެކޭ. އީސާގެފާނަކީ ހަމަކަށަވަރުން ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ޝާއުލް ޖެރޫސަލަމުގައި އުޅުނު ގުރީކު ބަހުން ވާހަކަދައްކާ ބަނީއިސްރާއީލު މީހުންނާއި ވަރަށް ގިނައިން އީސާގެފާނާއި ބެހޭ ގޮތުން ވާހަކަދައްކާ އުޅުނެވެ. އެމީހުންނާއި ޝާއުލް އާއި ދެމެދު މި ކަމާއި ބެހޭ ގޮތުން ވަރަށް ގަދައަށް ބަހުސްތައް ކުރެވެއެވެ. އެހެން ކަމުން އެމީހުން ގަސްތު ކުރީ ޝާއުލް މަރާލުމަށެވެ.


ނަމަވެސް ޕަތަރަސް އަންތީޔޮކުއަށް އައުމުން އަހަރެން ފާޅުގައި އޭނާއާއި ދެކޮޅުވީމެވެ. އެއީ އޭނާ ކަންތައް ކުރީ މުޅީން ގޯސްކޮށް ކަމުގައި ވީތީއެވެ.


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ