Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:18 - ކިތާބުލް މުޤައްދަސާ

18 ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”⁠ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:18
33 ပူးပေါင်းရင်းမြစ်များ  

މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.


އީސާގެފާނުގެ މަންދޫބުންނަށާ އަދި ޖުދެއާކަރައިގެ އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންނަށް ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކު ވެސް އީސާގެފާނަށް އީމާންވެއްޖެ ކަމުގެ ޚަބަރު ލިބުނެވެ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”⁠އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


ދެން އީސާގެފާނަށް އީމާންވެތިބި ޖަމާޢަތުގެ މީހުން އަހަރެންގެ ސަބަބުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް ސަނާކިޔަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ