Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 11:16 - ކިތާބުލް މުޤައްދަސާ

16 އެވަގުތު މާތްސާހިބާ މިހެން ވިދާޅުވި ބަސްފުޅުގެ މަތިން އަހަރެން ހަނދާން ވި. އެކަލޭގެފާނު ވިދާޅުވި. ’⁠ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނެވީ ފެނުންނޭ. ނަމަވެސް ކަލޭމެން ތައުބާގެ ހިނެވުމަށް ހިނެވޭނީ މާތްރޫޙުފުޅުންނޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 11:16
20 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


އަހަރެން ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނަވަމުން މި ގެންދަނީ ފެނުން. ނަމަވެސް އެކަލޭގެފާނު ތިޔަބައިމީހުން ހިނަވާނީ މާތްރޫޙުފުޅުން.⁠“


އެވަގުތު މިބައިމީހުން އީސާގެފާނު ގަލީލީގައި ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވެއްޖެއެވެ.


އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.


ޔަޙުޔާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މީސްތަކުން މި ހިނަވަނީ ފެނުން. ނަމަވެސް އެބޭކަލަކީ ކޮބައިކަން ކަލޭމެންނަށް ނޭނގޭ ކަލޭމެންގެ ތެރޭގައިވާ ބޭކަލަކު އަހަރެންނަށް ފަހު އެބަ ވަޑައިގަންނަވާ. އަހަރެން މިއީ އެކަލޭގެފާނުގެ ދެރަ ނޯކަރަށް ވުމަށް ވެސް އެކަށީގެންވާ މީހެއް ނޫން.⁠“


އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’⁠މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.⁠‘


ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.


އަހަރެން މި ވާހަކަ މި ބުނީ މިކަންތައްތައް ހިނގައިފާނެ ވަގުތަކަށް ކަލޭމެން ތައްޔާރު ވުމަށް އަހަރެން ކުރި އިންޒާރު ހަނދާންކޮށް ދިނުމަށް. އަހަރެން މީގެ ކުރީގައި މިވާހަކަ ކަލޭމެންގެ ގާތު ނުބުނެ ހުރީ އަހަރެން ދުވަސްކޮޅަކު ކަލޭމެންގެ ގާތު ހުންނާނެތީ.⁠“


ޔަޙުޔާގެފާނު މީހުން ތައުބާގެ ހިނެވުމުން ހިނެވީ ފެނުން. ނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި މާތްރޫޙުފުޅުން ކަލޭމެން ހިނެވޭނެ.⁠“


އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’⁠ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.⁠‘⁠“


ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރު ދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ