9 އަނެއް ދުވަހުގެ މެންދުރު މިމީހުން ޖައްފާއާއި ވަރަށް ކައިރިވެފައި ވަނިކޮށް ޕަތަރަސް އޭނާ ހުރި ގޭގެ މައްޗަށް އަރާ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި އިނެވެ.
އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.
އެހެންކަމުން އެބައިމީހުން އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. ބިމުގެ ވެރިޔާ ބާރަޖެހި އިރު ދެން ތިނެއްޖެހި އިރު އަނެއްކާވެސް މާރުކޭޓަށް ދިޔަ. އަދި ކުރީފަހަރު ކަންތައް ކުރި ގޮތަށް މިފަހަރު ވެސް ކަންތައްކުރި.
ގޭގެ ފުރާޅުމަތީގައި ހުރި މީހަކުނަމަ ގޭތެރޭގައި ހުރި އެއްޗެއް ބަލާވެސް ތިރިއަށް ނުފައިބާތި.
މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ.
ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު، ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިބެ ވަންހަނާގައި ތިޔަބައިމީހުންގެ ބައްޕާފުޅަށް އެދި ދުޢާ ދަންނަވާ. ވަންހަނާގައި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ބައްޕާފުޅު ދެނެވޮޑިގެންވޭ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އެކަމުގެ ޘަވާބު ދެއްވާނެ.
ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ.
މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.
އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”ކޮރުނޭލިޔުސް.“
އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.“
ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.
އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.
ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.