މަންދޫބުންގެ މަސައްކަތް 10:7 - ކިތާބުލް މުޤައްދަސާ7 މި މަލާއިކަތާ މި ބަސްތައް ވިދާޅުވުމަށް ފަހު އެނބުރި ދިޔައެވެ. ހަމަ އެވަގުތު ކޮރުނޭލިޔުސް އޭނާގެ ދެ ނޯކަރުންނާއި އޭނާގެ ބައިގައި ހިމެނޭ ސިފައިންގެ މީހުންގެ ތެރެއިން މީހަކު ގެނައެވެ. މި ސިފައިންގެ މީހާއަކީ ވެސް މާތްރަސްކަލާނގެ ކިބައަށް އީމާންވެގެންވާ ޞާލިޙު މީހެކެވެ. အခန်းကိုကြည့်ပါ။ |
އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.“
އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.
އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.“
މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.
މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.