މަންދޫބުންގެ މަސައްކަތް 10:5 - ކިތާބުލް މުޤައްދަސާ5 މިހާރު ކަލޭ ކުރަންވީ ކަމަކީ ޖައްފާއަށް ބަޔަކު ފޮނުވަންވީ. އެމީހުން އެ ރަށަށް ގޮސް އެ ރަށުގައިވާ ޝަމްއޫނު އޭ ކިޔުނު މީހަކު ހޯދާށޭ ބުނޭ. އޭނާގެ ނަމަކަށް ޕަތަރަސްއޭ ވެސް ކިޔޭ. အခန်းကိုကြည့်ပါ။ |
އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.