މަންދޫބުންގެ މަސައްކަތް 10:48 - ކިތާބުލް މުޤައްދަސާ48 ދެން ޕަތަރަސް މި އެންމެން އީސާ އަލްމަސީޙުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވުމަށް އެންގިއެވެ. އަދި އެމީހުން އެދުނީ ޕަތަރަސް ދެތިން ދުވަހު އެމީހުންގެ ކާރީ އެ ރަށުގައި މަޑު ކޮށްދިނުމަށެވެ. အခန်းကိုကြည့်ပါ။ |
ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.