މަންދޫބުންގެ މަސައްކަތް 10:43 - ކިތާބުލް މުޤައްދަސާ43 ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.“ အခန်းကိုကြည့်ပါ။ |
އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“
ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.
އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.
އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.“