Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:41 - ކިތާބުލް މުޤައްދަސާ

41 އެންމެންގެ ކުރި މައްޗަކަށް ނޫން. ހަމަ އެކަނި މާތްރަސްކަލާނގެ މާކުރީއްސުރެ ވެސް މިކަންތަކަށް ހެކިވުމަށް ހަމަޖައްސަވާފައިވީ މީހުން ކަމުގައި ވާ މީހުންގެ ކުރިމައްޗަށޭ. އަހަރެމެން މިއީ އެކަލޭގެފާނު އަލުން ދިރި ވަޑައިގެން ހިނދު އެކަލޭގެފާނާއި އެކު ކައި ބޮއި ހެދި މީހުންނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:41
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


ކަލޭމެންގެ ކުރިމަތީގައި މިކަންތައްތައް ވެ ހިނގައްޖެ. ވީއިރު ކަލޭމެން މިކަންތައްތަކަށް ހެކިވޭ.


އެ ރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައި ކަން އަންގާދެއްވާނެ. ދުނިޔޭގެ ގިނަބަޔަކަށް އެ ރޫޙުފުޅެއް ނޭނގޭނެ އަދި ގަބޫލެއް ނުކުރެވޭނެ. އެއީ އެމީހުން އެ ރޫޙުފުޅު ހޯދުމަށް ނޫޅޭތީ އަދި އެމީހުންނަށް އެ ރޫޙުފުޅު ނުފެންނާތީ. ނަމަވެސް ކަލޭމެންނަށް އެ ރޫޙުފުޅު އެނގޭ. އެއީ އެ ރޫޙުފުޅު މިހާރު ވަނީ ކަލޭމެންގެ ގާތުގައި. އަދި ފަހުން އެ ރޫޙުފުޅު ވާނީ ކަލޭމެންގެ ކިބައިގައި.


ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ.


ޔުދާސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު އަޅުގަނޑުމެންނަށް ފާޅުވެ ވަޑައިގަންނަވާއިރު އެހެން މީހުންނަށް ނުފެންނާނީ ކިހިނެއްތޯ؟⁠“ މިހެން ބުނި ޔުދާސް މިއީ އިސްކަރިޔޮތުގެ ޔުދާސްއެއް ނޫނެވެ.


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


އަދި ކަލޭމެން ވެސް އަހަރެންނާ ބެހޭގޮތުން ކަންތައް ހިނގިގޮތާމެދު ހެކިދޭން ޖެހޭނެ. އެއީ ފެށުނީއްސުރެވެސް އަހަރެން ކުރިކަންތައް ކަލޭމެންނަށް ފެނިފައިވާނެތީ.⁠“


އެހެންވެ އީސާގެފާނު ވަޑައިގެން ބޯ ރޮށި ނަންގަވައި އެމީހުންނަށް ދެއްވިއެވެ. އެ ގޮތަށް މަސް ނަންގަވައި ވެސް ކަންތައް ކުރެއްވިއެވެ.


އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.⁠“


މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ.


އަހަރެމެންނަކީ އެކަލޭގެފާނު ގެ މަންދޫބުންނޭ. އެކަލޭގެފާނު ޖުދެއާ އާއި ޖެރޫސަލަމުގައި ކުރައްވަމުން ގެންދެވި ހުރިހާ ކަމެއް ލޮލުން ދެކުނު ހެކިންނޭ. މީހުން އެކަލޭގެފާނު ސަލީބެއްގައި ބަނދެ އެއަށް ނަގާ މަރާލި ތަން ވެސް އަހަރެމެން ދުށިން.


އަދި އެކަލޭގެފާނު އަލުން ދިރިވަޑައިގެން އެކަލޭގެފާނާއި އެކު ގަލީލީއިން ޖެރޫސަލަމަށް އައި މީހުންނަށް އެތައް ދުވަހެއްވަންދެން ފެނި ހާމަވަމުން ދިޔަ. މިމީހުން މިހާރު އީސާގެފާނާއި ބެހޭ ގޮތުން ހެކިދީ އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅުތައް ބަނީއިސްރާއީލު މީހުންނަށް އަންގައިދެމުން އެބަދޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ