މަންދޫބުންގެ މަސައްކަތް 10:4 - ކިތާބުލް މުޤައްދަސާ4 ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”އާދެ ސާހިބާ. ކީއްތޯވީ؟“ މަލާއިކަތާ ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. အခန်းကိုကြည့်ပါ။ |
ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.
އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެން ވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ.