Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:34 - ކިތާބުލް މުޤައްދަސާ

34 ދެން ޕަތަރަސް ބުންޏެވެ. ”⁠މިހާރު އަހަރެންނަށް އެނގި ޔަޤީންވެއްޖެއޭ. މާތްރަސްކަލާނގެ ވަކި ބަޔަކަށް ވަކި ގޮތެއް ނުބަހައްޓަވައޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:34
23 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


އަދި އެކަލޭގެފާނުގެ މިފަދައިން އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ.


އެމީހުން ބުންޏެވެ. ”⁠އީސާގެފާނު. ކަލޭގެފާނަކީ ވަކިކޮޅަކަށް ނުޖެހޭ ބޭކަލެއް. އަދި ކަލޭގެފާނަކީ މީސްތަކުންނަށް މާތްރަސްކަލާނގެއާއި މެދު ތެދު މަގު ދަސްކޮށްދެއްވާ ބޭކަލެއް.


ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.⁠“


މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ ވެސް ކަން ކުރެއްވީ ހަމަ އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން ވެސް އީމާންވި މީހުންނާ މެދު ކަން ކުރެއްވި ފަދައިން. އެއީ އެމީހުން ވެސް އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާންވުމުން މާތްރަސްކަލާނގެ އެމީހުންގެ ހިތްތަށް ވެސް ސާފުތާހިރު ކޮށްދެއްވި.


ދެން ފިލިޕު ހަމަ އޭނާ އެކީ އާޔަތްތަކުން ފަށައިގެން އަދި ވެސް އެހެން އާޔަތްތައް ވެސް ކިޔާދީ އޭނާ އަށް އެބޭކަލަކީ އީސާގެފާނު ކަން ހާމަކޮށްދީ އަދި އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އަދި އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދިނެވެ.


އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކު ވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެން ވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ.


ހަމަ މިގޮތުގެމަތިން ސާހިބުންނޭވެ. ތިޔަބައިމީހުންގެ އަޅު ނޯކަރުންނާއިމެދު މި އުސޫލުން އަމަލުތައް ބަހައްޓާށެވެ. އެ ނޯކަރުންނަށް ބިރު ނުދައްކާށެވެ. ހަނދާންކުރާންވީ، އަޅުންނާއި ސާހިބުންގެ ވެސް ވެރިފަރާތަކީ އުޑުގައިވާ ސާހިބާ ކަމެވެ. އަދި އެކަލޭގެފާނީ ވަކި މީހަކަށް ތަފާތު ކުރެއްވުމެއްނެތި އިންސާފު ކުރައްވާނެ ފަރާތެވެ.


މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.


ނުބައި ގޮތުގައި ކަންތައް ކުރާ މީހާއަށް އެކަމުގެ ސަޒާ ވެސް ލިބޭނެއެވެ. މާތްކަލާނގެ ޙަޟްރަތުގައި ވަކިމީހަކަށް ވަކިތަފާތެއް ނޯންނާނެއެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންނީ ޖަލާލަތުކަން ލިބިވަޑައިގެންވާ މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންތެރިކަމުގައިވާ ބަޔަކު ކަމުގައިވާ ހިނދު އެއްވެސް މީހަކީ އަނެކާއަށް ވުރެން މުހިންމު މީހެއް ކަމުގައި ނުދެކޭށެވެ.


މިފަދައިން ކަލޭމެން އަމަލު ކޮށް މީސްތަކުންގެ މެދުގައި ތަފާތުކުރާ ކަމުގައިވާނަމަ ކަލޭމެން އެކަންތައް ކުރަނީ ނުބައި މަގުސަދެއްގައި ނޫންހެއްޔެވެ؟


ނަމަވެސް އެކަކަށް ވުރެން ބޮޑަށް އަނެކަކަށް މުހިންމު ކަމެއް ދީގެން ކަލޭމެން ހިތާހިތުމަކީ ކަލޭމެން ފާފަވެރި ވާނެ ކަމެކެވެ. އަދި މާތްރަސްކަލާނގެ ޤާނޫނު މުގުރާލުމުގެ ސަބަބުން ކަލޭމެން ވަނީ ކުށްވެރިވެފައި ވެސްމެއެވެ.


އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަން މަތީ ވޭތިކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ