މަންދޫބުންގެ މަސައްކަތް 10:30 - ކިތާބުލް މުޤައްދަސާ30 ކޮރުނޭލިޔުސް ބުންޏެވެ. ”މީގެ ހަތަރު ދުވަސް ކުރިން އަހަރެން މެންދުރުފަހު ތިނެއް ޖަހާ ކަންހާއިރު އަހަރެންގެ ގޭގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަށް އިނީން. އެހެން އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ވިދާ ހެދުމަކުން ހެދުން އަޅައިގެންހުރި މީހަކު އަހަރެންގެ ކުރިމަތީގައި ހުއްޓާ. အခန်းကိုကြည့်ပါ။ |
އެމީހުން ބުންޏެވެ. ”އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.“