Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:3 - ކިތާބުލް މުޤައްދަސާ

3 އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:3
23 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ އެދުނު ފަދައިން އަހަރެން ހަމަ ރަނގަޅަށް ވެސް ކަންތައް ކުރާނަން. އެހެނީ އަހަރެންނަށް ކަލޭ ރަނގަޅަށް އެނގޭ. އަދި ކަލެއާމެދު އަހަރެން ރުހިގެން ވަމު.⁠“


ގާތްގަނޑަކަށް ތިނެއް ޖެހި ތަނާ އީސާގެފާނު ގަދަ އަޑުފުޅަކުން ވިދާޅުވިއެވެ. ”⁠އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟⁠“ (މި ބަހުގެ މާނައަކީ، މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟)


ބައިތުލް މަޤްދިސްގެ ތެރޭގައި ވާ މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް ޚާއްސަ ކޮށްފައިވާ އަށީގެ ކައިރީގައި ޒަކަރިއްޔާ ވަނިކޮށް އެތާގެ ކަނާއަތް ފަރާތުގައި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަނިކޮށް ޒަކަރިއްޔާއަށް ފެނުނެވެ.


އެ ހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ. ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ޙަމްދު ކޮށް ސަނާ ކިޔެވެ.


ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.


ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”⁠ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި.


ކޮރުނޭލިޔުސް ބުންޏެވެ. ”⁠މީގެ ހަތަރު ދުވަސް ކުރިން އަހަރެން މެންދުރުފަހު ތިނެއް ޖަހާ ކަންހާއިރު އަހަރެންގެ ގޭގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަށް އިނީން. އެހެން އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ވިދާ ހެދުމަކުން ހެދުން އަޅައިގެންހުރި މީހަކު އަހަރެންގެ ކުރިމަތީގައި ހުއްޓާ.


އަނެއް ދުވަހުގެ މެންދުރު މިމީހުން ޖައްފާއާއި ވަރަށް ކައިރިވެފައި ވަނިކޮށް ޕަތަރަސް އޭނާ ހުރި ގޭގެ މައްޗަށް އަރާ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި އިނެވެ.


ކޮރުނޭލިޔުސް އަހަރެމެން ކާރީ ބުނި. މާތްރަސްކަލާނގެ އެގެއަށް މަލާއިކަތަކު ފޮނުއްވާ އޭނާއަށް އެންގެވީ ޖައްފާއަށް ބަޔަކު ފޮނުވާ ޝަމްއޫނު ޕަތަރަސް އެ ރަށަށް ގެނައުމަށް ކަމުގަ.


އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.


އެއްދުވަހަކު ޕަތަރަސްއާއި ޔޫޙަންނާ މެންދުރުފަހު ތިނެއް ޖެހިއިރު ދުޢާ ކުރުމުގެ ވަގުތުގައި ބައިތުލް މަޤްދިސްއަށް ދިޔައެވެ.


ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ.


ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”⁠ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟⁠“


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


އެ ދަރިކަލުން ވަނީ މަލާއިކަތުންނަށް ވުރެން މަތިވެރި ކުރައްވާފައެވެ. އެއީ އެ ދަރިކަލުންގެ ދަރަޖަފުޅު ވެސް މަލާއިކަތުންގެ ދަރަޖައަށް ވުރެން މަތިވެރި ކުރައްވާފައި ވާ ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ