Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:23 - ކިތާބުލް މުޤައްދަސާ

23 ދެން ޕަތަރަސް އެމީހުންނަށް އޭނާގެ މެހުމާނުންގެ ގޮތުގައި އެރޭ އެގޭގައި ތިބުމަށް ދައުވަތު ދިނެވެ. އަދި އަނެއް ދުވަހު ޖައްފާގެ އީސާގެފާނަށް އީމާންވެގެންވީ ބައެއްމީހުންނާއި ވެސް އެކު ޕަތަރަސް ކޮރުނޭލިޔުސްގެ ގެއަށް ދިއުމަށް ދަތުރު ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:23
16 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އަހަރެން ކާރީ މި ގެއަށް އައުމަށް އެދި ފޮނުވި މީހުންނާއި އެކު އަހަރެން ވަގުތުން މިއައީ އެހެންކަމުން. ނަމަވެސް އަޅެ މިހާރު ބުނެބަލަ. އަހަރެން ބަލާތި ފޮނުވީ ކީއްވެގެން؟⁠“


ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.⁠“


މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކަށް ދެއްވި ތަން ދެކެ ޕަތަރަސްއާއި އެކު އައި އީސާގެފާނަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ހައިރާންވިއެވެ.


މާތްރޫޙުފުޅު އަހަރެންނަށް އެންގެވީ ބިރު ނުގަނެ އެމީހުންނާއި އެކު ދިއުމަށް. ދެން އަހަރެންނާއިއެކު މިތާ މިތިބަ އީސާގެފާނަށް އީމާންވެގެންވާ މި ހަ މީހުންނާއި އެކު ކައިސަރިޔާއަށް ގޮސް ކޮރުނޭލިޔުސްގެ ގެއަށް އަހަރެމެން ދިޔައީން.


ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.


ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަގީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


މި ޚަބަރު މުޅި ޖައްފާގައި ފެތުރުނެވެ. އަދި މި ކަމުގެ ސަބަބުން އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ