Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:22 - ކިތާބުލް މުޤައްދަސާ

22 އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:22
36 ပူးပေါင်းရင်းမြစ်များ  

މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.


ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.⁠“


އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.


ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ.


އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.


ޔަޤީނުން ވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.⁠“


”⁠އަޅުގަނޑު ދުޢާ މިދަންނަވަނީ ހަމައެކަނި އަޅުގަނޑުގެ އަސްޙާބީންނަށްޓަކައެއް ނޫން. އަޅުގަނޑު ދުޢާ މިދަންނަވަނީ އެމީހުން ބުނާބަހުގެ އަޑުއަހައި އެބަސްތައް ގަބޫލު ކޮށް އަޅުގަނޑަށް އީމާންވާނެ އެންމެންނަށްޓަކާ.


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.


މީގެ ޖަވާބުގައި ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެން ދާންވީ ކާކުގެ ގާތަށް؟ ނިމުންނުވާ ޙަޔާތުގެ ބަސްފުޅު ވަނީ ކަލޭގެފާނު އަތްޕުޅުމަތީގައި.


މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެން ވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއް ވެސް އޭނާ ފަގީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ.


ދެން ޕަތަރަސް ތިރިއަށް ގޮސް އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން. ކަލޭމެން ތިޔައައީ ކޮން ކަމަކު؟⁠“


ކޮރުނޭލިޔުސް ބުންޏެވެ. ”⁠މީގެ ހަތަރު ދުވަސް ކުރިން އަހަރެން މެންދުރުފަހު ތިނެއް ޖަހާ ކަންހާއިރު އަހަރެންގެ ގޭގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަށް އިނީން. އެހެން އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ވިދާ ހެދުމަކުން ހެދުން އަޅައިގެންހުރި މީހަކު އަހަރެންގެ ކުރިމަތީގައި ހުއްޓާ.


ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.⁠“


އޭނާ އެ ރަށުގައި ހުރީ ވެސް ޝަމްއޫނުއޭ ކިޔާ މީހެއްގެ ގޭގަ. އޭނާ ހުރިގޭގެ ޝަމްއޫނުއަކީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެއް. އެގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގަ.⁠“


އެއީ އަހަރެން ބުނާނެ ބަސްތަކުގެ އަޑު އެހުމުން އޭނާ އާއި އޭނާގެ ގޭގެ އެންމެން ދިންނެވޭނެތީ ކަމުގައި އެމަލާއިކަތާ ވިދާޅުވި.


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


މާތްރަސްކަލާނގެ އީމާންވެގެން ވީ މީހުންނާއި އަދި އީމާން ނުވާ މީހުން ވެސް މަރުވުމަށް ފަހު އަލުން ދިރުއްވާނެ ކަން ހަމަ އެމީހުންނެކޭ އެއް ފަދައިން އަޅުގަނޑު ވެސް ގަބޫލު ކުރަން.


އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.


މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.


ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.⁠“


އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ ވެސް އެމީހުންގެ ކިބައިގައި ހުރި އީމާންތެރިކަމުގެ ސަބަބުންނެވެ.


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.


ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.


އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ