Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:19 - ކިތާބުލް މުޤައްދަސާ

19 ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”⁠ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:19
11 ပူးပေါင်းရင်းမြစ်များ  

ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ.


އެމީހުން އެހިއެވެ. ”⁠ޝަމްއޫނު ޕަތަރަސް ހުންނަނީ މި ގޭގަ ތަ؟⁠“


އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“


މާތްރޫޙުފުޅު އަހަރެންނަށް އެންގެވީ ބިރު ނުގަނެ އެމީހުންނާއި އެކު ދިއުމަށް. ދެން އަހަރެންނާއިއެކު މިތާ މިތިބަ އީސާގެފާނަށް އީމާންވެގެންވާ މި ހަ މީހުންނާއި އެކު ކައިސަރިޔާއަށް ގޮސް ކޮރުނޭލިޔުސްގެ ގެއަށް އަހަރެމެން ދިޔައީން.


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.


އަހަރެމެން އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހޯދާ އެމީހުންނާއި ބައްދަލު ކުރީމެވެ. އަދި އެމީހުންގެ ގާތު ހަފްތާއެއް ވަންދެން މަޑު ކުރީމެވެ. އެމީހުންނަށް މާތްރޫޙުފުޅު އެންގެވީ، ޕައުލް ޖެރޫސަލަމަށް ނުދިއުމަށް ބުނެ އެންގުމަށެވެ.


މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.


މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ