Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:17 - ކިތާބުލް މުޤައްދަސާ

17 ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:17
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ފައި ދޮންނަވައި ނިމިވަޑައިގަތުމަށް ފަހު ރިދާކޮޅު އަޅުއްވައިގެން އަނެއްކާވެސް އިށީނދެ ވަޑައިގަތެވެ. އަދި އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠އަހަރެން މިކުރި ކަންތަކުގެ މާނަ ކަލޭމެންނަށް އެނގިއްޖެތަ؟


އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“


އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”⁠މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟⁠“


އަޅުގަނޑަށް މި މައްސަލަ އިތުރަށް ބަލާ ހޯދާނެ ގޮތެއް ނޭނގުމުން އަޅުގަނޑު ޕައުލް އަށް އެދުނީ އެ މައްސަލަ އިތުރަށް ބެލުމަށް އޭނާ ޖެރޫސަލަމަށް ދިއުމަށް.


މި ވާހަކަތަކުގެ އަޑު އިވުމުން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިޔާއާއި ބޮޑު އިމާމުންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ވާނުވާއެއް ނޭނގި ހައިރާންވިއެވެ.


ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


މިއަށް ފަހު ޕަތަރަސް ޖައްފާގައި ވަރަށް ގިނަ ދުވަހު ހުއްޓެވެ. އޭނާ އެ ރަށުގައި ހުރީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ ޝަމްއޫނުއޭ ކިޔުނު މީހެއްގެ ގޭގައެވެ.


އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ