Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:14 - ކިތާބުލް މުޤައްދަސާ

14 ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން މާތްސާހިބާ. އަޅުގަނޑު ދުވަހަކު ވެސް ކެއުމަށް ނުތާހިރު ހަރާން ކުރެވިފައިވާ ކާއެއްޗިއްސެއް ނުކަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:14
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”⁠އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ.


ކަލޭމެން ތިޔަ ކަންތައް ކުރަން އެދޭނަމަ ހުރިހާ ފިރިހެންވެރިން ގޮސް މާތްރަސްކަލާނގެއަށް އަޅުކަން ކުރޭ.⁠“ މިހެން ވިދާޅުވެ ފިރުޢައުނު އެމީހުން ގަނޑުވަރުން ބޭރު ކުރައްވައިފިއެވެ.


ތިޔަބައިމީހުންގެ އަނގަޔަށްލާ ކާނާ އަކީ ތިޔަބައިމީހުން ނުތާހިރު ކުރުވާނޭ އެއްޗެއް ނޫން. ތިޔަބައިމީހުން ނުތާހިރު ކުރުވަނީ ތިޔަބައިމީހުންގެ އަނގައިން ނުކުންނަ ނުބައިވެގެންވާ ބަސްތައް.⁠“


އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!⁠“


ވިސްނޭ ފަސްއަންހެން ކުދިން ޖަވާބުދިން. ’⁠ނޫން. ތިޔަހެނެއް ނުހެދޭނެ! ކަލޭމެންނަށާއި އަހަރެމެންނަށް ފުދޭނެ މިންވަރަށް އަހަރެމެންގެ އަތުގައި ތެލެއް ނެތް. ކަލޭމެން ފިހާރަޔަކަށް ގޮސް ތެޔޮގަނެގެން އަންނަން ދޭ.⁠‘


ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


އެއީ އެބައިމީހުންނަށް އީސާގެފާނުގެ ބައެއް އަސްޙާބީން ދީނީ އުސޫލުތަކާއި ޚިލާފަށް އެބޭކަލުންގެ އަތް ނުދޮވެ ސުފުރާ ކުރަން ތިއްބާ ފެނުމުންނެވެ.


އެލިޒަބަތު ބުންޏެވެ. ”⁠ނޫނޭ. އޭނާއަށް ކިޔާނީ ’⁠ޔަޙުޔާ⁠‘.⁠“


އެ އަންހެންމީހާ ބުންޏެވެ. ”⁠ސާހިބާ އެކަމަކު މި ވަޅަކީ ވަރަށް ބޮޑު އަދި އެހާމެ ފުންވަޅެއް. އަދި ތިޔަބޭފުޅާގެ އަތުގައި ވަލެއް ނުވަތަ ބާލިދީއެއް ވެސް ނެތް. ވީއިރު ތިޔަބޭފުޅާ ފެން ނަންގަވާނީ ކިހިނެއް؟


ދެން ޕަތަރަސްއަށް އިވުނީ މި ފަދައިން ބުނެވޭ އަޑެވެ. ”⁠ޕަތަރަސް ކަލޭ މި ތަކެތި ކަތިލައިގެން ކައި.⁠“


ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.


އަޅުގަނޑު އެހީން. ’⁠ތިޔައީ ކޮން ބޭފުޅެއް ތޯއޭ؟⁠‘ އެ އަޑު ޖަވާބުގައި ވިދާޅުވި. ’⁠އަހަރެން މިއީ ކަލޭ ތިޔަ އަނިޔާދޭ ނާޒަރަތުގެ އީސާގެފާނޭ.⁠‘


ޝާއުލް ބުންޏެވެ. ”⁠ސާހިބާ ތިޔައީ ކޮން ބޭކަލެއް؟⁠“ ދެން އޭނާއަށް މިހެން ބުނެވުނު އަޑު އިވުނެވެ. ”⁠މިއީ ކަލޭ އަނިޔާ ދިނުމަށް ތިޔަ އުޅޭ އީސާގެފާނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ