13 ދެން ޕަތަރަސްއަށް އިވުނީ މި ފަދައިން ބުނެވޭ އަޑެވެ. ”ޕަތަރަސް ކަލޭ މި ތަކެތި ކަތިލައިގެން ކައި.“
އެވަގުތު އޭނާ ވަރަށް ބޮޑަށް ބަނޑުހައި ވެސް ވިއެވެ. ނަމަވެސް އަދި މެންދުރުގެ ކެއުން ތައްޔާރު ނުވާތީ އޭނާ މަޑު ކުރިއެވެ. އެހެން އިންދާ އޭނާގެ ހެޔަށް ގޮތްވިއެވެ. އެވަގުތު އޭނާއަށް ހުވަފެނެއް ފަދައިން މި މަންޒަރު ފެނިގެން ދިޔައެވެ.
އޭގެ ތެރޭގައި އެކި ކަހަލަ ޖަނަވާރުތައް ވިއެވެ. އަދި ބަނީއިސްރާއީލު މީހުން ކެއުމަށް ހަރާން ފަދަ ބޮނޑުގެ ބާވަތްތަކާ ދޫނިސޫފާސޫފީގެ ބާވަތްތައް ވިއެވެ.
ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”ނޫން މާތްސާހިބާ. އަޅުގަނޑު ދުވަހަކު ވެސް ކެއުމަށް ނުތާހިރު ހަރާން ކުރެވިފައިވާ ކާއެއްޗިއްސެއް ނުކަން.“