Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 10:1 - ކިތާބުލް މުޤައްދަސާ

1 ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 10:1
19 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“


އެއަށް ފަހު ގަވަރުނަރުގެ ގަނޑުވަރުގެ ފާރަވެރިންގެ ގޮތުގައި ވީ ޚާއްޞަ ސިފައިން އެ ގަނޑުވަރުގެ ގޯތިތެރެއަށް އީސާގެފާނު ގެންދެވިއެވެ. އަދި އެތާނގައި ތިބި އެހެނިހެން ސިފައިންގެ ފައުޖުތައް އައުމަށް ވެސް އެންގިއެވެ.


އެރަށުގަވީ ރޯމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ.


ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.


ބޮޑުންގެ ގޮތުގައި ތިބި އިމާމުންނާއި ފަރީސީން ޔުދާސް އާއިއެކު ރޯމު ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ދެން އެމީހުން ފާނޫޒުތަކާއި، ދަންމަރު ރޯކޮށްގެން އަދި ހަތިޔާރު ހިފައިގެން ޔުދާސްއާއި އެކު އެ ޒައިތޫނި ދަނޑަށް ދިޔައެވެ.


އަނެއްދުވަހު އެމީހުންނަށް ކައިސަރިޔާއަށް އާދެވިއްޖެއެވެ. އޭރު ކޮރުނޭލިޔުސް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އަދި އޭނާގެ ހުރިހާ ތިމާގެ މީހުންނަށާއި އަދި ގާތް ރަޙުމަތްތެރިންނަށް ވެސް އޭނާ އޭނާގެ ގެއަށް ދައުވަތު ދީ ގެނައެވެ.


މި އެއްވި އެންމެން ވެގެން ޕައުލް މަރާލަން އުޅެނިކޮށް ޖެރޫސަލަމުގައި ބަޣާވަތެއް ހިނގައިގެން އުޅޭ ޚަބަރު ރޯމު ސިފައިންގެ ކޮމާންޑަރަށް ލިބުނެވެ.


އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ.


ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”⁠ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟⁠“


ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”⁠ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.


އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ.


ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ.


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


ނަމަވެސް ޕައުލް އޮފިސަރަށާއި ސިފައިންނަށް ބުންޏެވެ. ”⁠ފަޅުވެރިން އޮޑި ދޫކޮށް ގޮއްސި ކަމަށް ވަންޏާ ކަލޭމެން އެންމެން ވެސް މަރުވާނެ.⁠“


ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ.


އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ