Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 1:6 - ކިތާބުލް މުޤައްދަސާ

6 އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންގެ އަރިހުގައި ވީ ސާޅީސް ދުވަސް ނިމެން ގާތްވެފައި ވަނިކޮށް އެމަންދޫބުން މި ސުވާލު އީސާގެފާނަށް ދެންނެވިއެވެ. ”⁠މަތިވެރި ސާހިބާ. ކަލޭގެފާނު ތިޔަ އުޅުއްވަނީ ބަނީއިސްރާއީލު މިނިވަންކޮށް އެމީހުންގެ ރަސްކަން އަނބުރާ ދެއްވަން ތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 1:6
23 ပူးပေါင်းရင်းမြစ်များ  

”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި އެބައިމީހުން އެބުނަނީ ރަނގަޅަށް. އެހެނީ އެކަލޭގެފާނު ވަޑައިގެން އެންމެހާ ކަންތައްތައް އަނބުރާ ހަމައަކަށް އަޅުއްވާނެތެވެ.


އީސާގެފާނު އެކަނބުލޭގެ ކައިރީގައި އެއްސެވިއެވެ. ”⁠ކަނބުލޭގެ ބޭނުންވަނީ ކޮންކަމެއް؟⁠“ އެކަނބުލޭގެ އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު މިއެދި ދަންނަވާ ކަމަކީ ކަލޭގެފާނުގެ ރަސްކަންފުޅު ގާއިމުވާ ހިނދު އަޅުގަނޑުގެ އެއްދަރިފުޅު ކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަދި އަނެއް ދަރިފުޅު ވާތްޕުޅު ފަރާތުގައި ބައިންދަވައި ދެއްވުން.⁠“


އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟


ފަރީސީނުގެ ބަޔަކު އީސާގެފާނު ކުރެން މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމު ވާނީ ކޮންއިރަކުންތޯ ސުވާލު ކުރިއެވެ. އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވާނެ. ނަމަވެސް އެރަސްކަންފުޅު ގާއިމު ވުމުގެ ހެއްކެގެ ގޮތުން އެއްވެސް އަލާމާތެއް ނުފެންނާނެ.


މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ.


އަހަރެންގެ ބައްޕަ އަހަރެންނާއި ރަސްކަން ހަވާލުކުރެއްވި ފަދައިން އަހަރެން ވެސް ކަލޭމެންނަށް އަހަރެންގެ ރަސްކަމުގައި ބައިވެރިވުމުގެ ޙައްޤު ދޭނަން.


ޕަތަރަސްއަށް އެ އަސްޙާބީ ފެނުމާއެކު އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ! މި މީހާއާމެދު ކަންތައް ހުރީ ކިހިނެއްތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ