Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 1:26 - ކިތާބުލް މުޤައްދަސާ

26 ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 1:26
15 ပူးပေါင်းရင်းမြစ်များ  

ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.


ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.


މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ.


ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.


ދެން އެމީހުން މިބުނެވިދިޔަ ޝަރުތުތައް ހަމަވާ ދެމީހަކު ހޮވިއެވެ. އެ ދެމީހުންނަކީ މައްތިޔާސް އާއި ޔޫސުފު ބަރުސައްބާސް އެވެ. މި ޔޫސުފު ބަރުސަބާސްގެ ނަމަކަށް ޖުސްތުސް އޭ ވެސް ކިޔެއެވެ.


މާތްރަސްކަލާނގެ ކަންޢާނު ކަރައިގެ ހަތް ޤައުމު ނެތިކުރައްވާ އެ ޤައުމުގެ ބިންތައް އެކަލާނގެ މީސްތަކުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންނަށް ދެއްވި. މިހުރިހާ ކަމެއްވެދިޔައީ ގާތްގަނޑަކަށް ހަތަރުސަތޭކަ ފަންސާސް ވަރަކަށް އަހަރުގެ ތެރޭގަ.


ޕަތަރަސް، އީސާގެފާނުގެ އަނެއް އެގާރަ މަންދޫބުންނާއި އެކު، ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންނާއި މުޚާޠަބުކޮށް ބާރަށް ވާހަކަދައްކަން ފެށިއެވެ. ”⁠އެކުވެރިންނާއި ޖެރޫސަލަމަށް ވަޑައިގެން ތިއްބެވި އެންމެ ހާ ބޭފުޅުންނޭ! އަޅުގަނޑު މިބުނާ ވާހަކަތަކަށް ކަނުލާ ސަމާލުކަން ދެއްވާ އަޑު އައްސަވާ.


ސަހަރުގެ ފާރު ރާނާފައި ވަނީ ބިންގަލުގައި ބާރަ ގާ ޖަހައިގެންނެވެ. އެއިން ކޮންމެ ގަލެއްގައި ޅަކަންބަޅީގެ ބާރަ މަންދޫބުންގެ ނަން ލިޔެވިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ