Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 1:25 - ކިތާބުލް މުޤައްދަސާ

25 ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 1:25
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން އަވަހާރަވާނެ. ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެފަދަ މީހަކަށް އޭނާ ދުނިޔެއަށް އުފަން ނުވިނަމަ މާ ރަނގަޅުވީސް.⁠“


ހަމަ އެވަގުތު ޝައިތާނާ ޔުދާސްގެ މައްޗަށް ވެރިވިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”⁠ޔުދާސް ކަލޭ ކުރަން ތިޔަ އުޅޭ ކަންތައް ކުރަން އަވަހަށް ދޭ.⁠“


އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.


ބަނީއިސްރާއީލު މީހުން ނޫން މީހުންގެ މައްޗަށް މަންދޫބެއް ކަމުގައި އަހަރެން ލެއްވީ މާތްރަސްކަލާނގެ މަތިވެރި ބާރުފުޅުންނެވެ. އެއީ ބަނީއިސްރާއީލު މައްޗަށް މަންދޫބެއްގެ ގޮތުގައި އެކަލާނގެ ޕަތަރަސް ލެއްވި ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ