މަންދޫބުންގެ މަސައްކަތް 1:24 - ކިތާބުލް މުޤައްދަސާ24 ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.“
އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.
ދެން ޝާއުލްގެފާނު އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. ”އިނބަރަސްކަލާނގެ އަޅުންނަށް މިއަދު ޖަވާބު ނުދެއްވީ ކީއްވެތޯ؟ އަޅާއި އަޅުގެ ދަރިފުޅުގެ ފަރާތުން ވީކަމެއް ނަމަ އެކަން ގުރުއަތުން ދައްކަވައި ދެއްވާ“ މި ގުރުއަތުން ނުކުތީ ޔޫނަތައިން އާއި ޝާއުލްގެފާނުގެ ނަންފުޅެވެ. ދެން އެހެންމީހުން ތުހުމަތުން ބަރީއަ ވެއްޖެއެވެ.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“