މަންދޫބުންގެ މަސައްކަތް 1:23 - ކިތާބުލް މުޤައްދަސާ23 ދެން އެމީހުން މިބުނެވިދިޔަ ޝަރުތުތައް ހަމަވާ ދެމީހަކު ހޮވިއެވެ. އެ ދެމީހުންނަކީ މައްތިޔާސް އާއި ޔޫސުފު ބަރުސައްބާސް އެވެ. މި ޔޫސުފު ބަރުސަބާސްގެ ނަމަކަށް ޖުސްތުސް އޭ ވެސް ކިޔެއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)