Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 1:20 - ކިތާބުލް މުޤައްދަސާ

20 ޕަތަރަސް ބުންޏެވެ. ”⁠މި ކަންތައްތައް ވެ އެ ދިޔައީ ޒަބޫރުގައި ލިޔެވިގެންވީ ފަދައިން. ލިޔެވިގެންވޭ. ’⁠އޭނާގެ ގެއެއީ އެއްވެސް މީހަކު ނޫޅޭނެ ފަޅުތަނަކަށް ވާ ހުއްޓޭ.⁠‘ އަދި ވެސް ޒަބޫރުގައި މި ފަދައިން ވެސް ލިޔެވިގެންވޭ. ’⁠އޭނާގެ ބަދަލުގައި އެހެން މީހަކު އޭނާގެ މަޤާމަށް ހޮވާށޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 1:20
9 ပူးပေါင်းရင်းမြစ်များ  

ޚުދު ދާއޫދުގެފާނު ވެސް ޒަބޫރުގައި މިފަދައިން ލިޔުއްވި. ’⁠މާތްސާހިބުވަންތަ ރަސްކަލާނގެ މަގޭ މާތްސާހިބާއަށް ވިދާޅުވިއޭ:


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ