މަންދޫބުންގެ މަސައްކަތް 1:19 - ކިތާބުލް މުޤައްދަސާ19 އޭނާގެ މަރުގެ ޚަބަރު މުޅި ޖެރޫސަލަމުގެ ތެރެއަށް ފެތުރުނެވެ. އެމީހުން މި ބިމަށް އަކެލްދެމާ އޭ ކިޔާ ނަންދިނެވެ. އެމީހުންގެ ބަހުން އަކެލްދެމާގެ މާނައަކީ ލޭގެ ބިމެވެ.) အခန်းကိုကြည့်ပါ။ |
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.
ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.