މަންދޫބުންގެ މަސައްކަތް 1:16 - ކިތާބުލް މުޤައްދަސާ16-17 ”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“ အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.
އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ.
މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘
އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން ފޮނުވި ބައެކެވެ.
އީސާގެފާނު އެމީހުންނާއި ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެތައް ބައެއްގެ ބޮޑު ބައިގަނޑެއް އެތަނަށް އައެވެ. އެމީހުންނަށް މަގުދައްކަން ހުރީ އީސާގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ވީ ޔުދާސް އެވެ. އޭނާ އީސާގެފާނާއި ސަލާމް ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކޮލުގައި ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިވިއެވެ.
”އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.
އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.
ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.“
އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.
ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.“
ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.
އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.