ޔޫޙަންނާގެ ތިންވަނަ ސިޓީ 1:9 - ކިތާބުލް މުޤައްދަސާ9 އަހަރެން މަސީޙީ ޖަމާޢަތަށް ލިޔުނީމެވެ. ނަމަވެސް ދިއޯތްރިފިސް ބޭނުންވީ އެންމެ އިސް ވެރިޔަކީ އޭނާ ކަމުގައި ވުމަށެވެ. އެހެންވެ އަހަރެމެން ބުނިބަހެއް އޭނާ އަޑެއް ނޭހިއެވެ. အခန်းကိုကြည့်ပါ။ |
ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.“
އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.
އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.