ޔޫޙަންނާގެ ތިންވަނަ ސިޓީ 1:8 - ކިތާބުލް މުޤައްދަސާ8 އެފަދަ ފަރާތްތަކަށް އަހަރެމެންގެ އެއްބާރުލުމާއި މެހުމާންދާރީ ދޭންވާނެއެވެ. އެގޮތުން އެބައިމީހުން ތެދު ޙަޤީޤަތް ފަތުރަމުން ގެންދާއިރު އެމީހުންނަށް ބައިވެރިވެވޭނެއެވެ. အခန်းကိုကြည့်ပါ။ |
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.
އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.
އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.
އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.