Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 ލޮބުވެތި އެކުވެރިޔާއެވެ. މަސީޙީންގެ ތެރެއިން ހިމެނިގެންވާ އަޚުންނާއި އުޚުތުންނަށް މެހުމާންދާރީ އަދާކުރުމުގައިވެ ތިބާގެ އީމާންތެރިކަން ދައްކަވައި ދިނެވެ. އެހެނީ އެބައިމީހުންނަކީ ތިބާ ނުދަންނަ ބީރައްޓެހި ބަޔަކު ކަމުގައި ވީއިރު ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:5
13 ပူးပေါင်းရင်းမြစ်များ  

”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟


ފަސްހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު އަވަހަށް ގޮސް އެ ފައިސާއިން އިތުރަށް ފަސްހާސް ރަން ފައިސާފޮތީގެ ފައިދާ ހޯދި.


މާތްސާހިބާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠ވެރިމީހާ އޭނާގެ ނޯކަރުންގެ ތެރެއިން އެކަމާއި ހަވާލުކުރާނީ މަސައްކަތްތެރިންގެ ކޮއްތު ފައިސާ އެފައިސާ ދޭންޖެހޭ ވަގުތު ޖެހުމުން އެފައިސާ އެމީހުންނަށް ގަވާއިދުން ދޭކަހަލަ މީހަކާ ނު.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.


އެހެނީ ތެދު ޙަޤީޤަތުގެ މަތީގައި ތިބާ ސާބިތުވެހުރި ވާހަކަ ބައެއް އަޚުން އައިސް އަހަރެންގެ ގާތު ބުނުމުންނާއި އަދި ޙައްޤު ގޮތުގައިވެ ތިބާ ޙަޔާތާއިގެން ކުރިއަށްދާ ވާހަކަ ބުނުމުން ނުހަނު މަތިވެރި އުފަލެއް އަހަރެންނަށް ލިބުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ