Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:2 - ކިތާބުލް މުޤައްދަސާ

2 އަހަރެންގެ އިޚުލާސްތެރި އެކުވެރިޔާއެވެ! ތިބާ ރޫޙާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ވާފަދައިން ޖިސްމާނީ ގޮތުން ވެސް އުފާ ފާގަތިކަމުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:2
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނަށް އެ އަޑު އިވިވަޑައިގެން އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުންވާނީ ބަލިމީހުންނަށް.


ހަމަކަށަވަރުން އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވިއެވެ. އެހެންނަމަވެސް މާތްކަލާނގެ އޭނާގެ މައްޗަށް ރަހުމު ކުރެއްވިއެވެ. އަދި އަހަރެންގެ މައްޗަށް ވެސް ވެހެވެ. އެއީ އެއް ހިތާމައެއްގެ ފަހަތުން އަނެއް ހިތާމަ އަހަންނާ މަތި ނުކުރެއްވުމަށެވެ.


އަމިއްލަ ނަފްސުގެ ޝައުޤުވެރިކަމަށް ވުރެން އަނެކާގެ ޙާލަތާމެދު ޝައުޤުވެރިވާށެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.


މަގޭ އަޚުންނާއި އުޚުތުންނޭވެ! މިބަޔާންވެ ދިޔަ އެންމެހާ ކަންތައްތަކުގެ އިތުރުން އަހަރެން ބުނަމެވެ. ދުނިޔެއާއި ސުވަރުގެ ގަންދީ ހުވާ ކޮށްގެންނުވާނެއެވެ. އަދި އެކައްޗެއް ގަންދީ ވެސް ހުވައިކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަމައެކަނި އާނއެކޭ ނުވަތަ ނޫނެކޭ ބުނެ އެގޮތްމަތީ ދެމިހުންނާށެވެ. މިގޮތުގައި ކަލޭމެން އަމަލު ނުކޮށްފިނަމަ މާތްރަސްކަލާނގެ ޙަޟްރަތުގައި ކަލޭމެން ކުށްވެރިވާނެއެވެ.


ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން އަހަރެންގެ އިޚުލާސްތެރި އަޚު ގާޔުސްއަށް މި ސިޓީ ލިޔެ ފޮނުވަމެވެ. ތިބާއީ ޙަގީގަތުގައި އަހަރެން ލޯބިވާ ފަރާތެއްމެއެވެ.


ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ