Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:12
8 ပူးပေါင်းရင်းမြစ်များ  

މި ބަޔާން މިދެނީ އެތަން ލޮލުންދެކެ އަތުންހިފި މީހަކީމެވެ. މިއީ ތެދުބަޔާނެކެވެ. މިބަޔާން މިދެނީ އެކަމުގެ ސަބަބުން ކަލޭމެންނަށް ވެސް މި ކަންތައްތައް އެނގި އެކަން ގަބޫލު ކުރުމަށް އެހީވުމަށްޓަކައެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.


މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.


މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.


ދެން އެ އެންމެން ބުނެއްޕެވެ. ”⁠ނޫން. ކަލޭގެފާނު ދުވަހަކު ވެސް އަޅުގަނޑުމެންނަށް ކެއްސެއް ދީ އަޅުގަނޑުމެންނަށް ދެރަ ގޮތެއް ހައްދަވައި އެއްޗެއް އަތުލައްވާފަ އެއް ނުވޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ