Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ

10 އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ތިންވަނަ ސިޓީ 1:10
16 ပူးပေါင်းရင်းမြစ်များ  

އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ.


ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.


އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ، އެމީހުންގެ ތެރޭ ބައިވެރި ނުކޮށް، ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ. މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަޙުމަތްލެއްވިގެން ވޭ.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.


އެހެނީ ތެދު ޙަޤީޤަތުގެ މަތީގައި ތިބާ ސާބިތުވެހުރި ވާހަކަ ބައެއް އަޚުން އައިސް އަހަރެންގެ ގާތު ބުނުމުންނާއި އަދި ޙައްޤު ގޮތުގައިވެ ތިބާ ޙަޔާތާއިގެން ކުރިއަށްދާ ވާހަކަ ބުނުމުން ނުހަނު މަތިވެރި އުފަލެއް އަހަރެންނަށް ލިބުނެވެ.


ލޮބުވެތި އެކުވެރިޔާއެވެ. މަސީޙީންގެ ތެރެއިން ހިމެނިގެންވާ އަޚުންނާއި އުޚުތުންނަށް މެހުމާންދާރީ އަދާކުރުމުގައިވެ ތިބާގެ އީމާންތެރިކަން ދައްކަވައި ދިނެވެ. އެހެނީ އެބައިމީހުންނަކީ ތިބާ ނުދަންނަ ބީރައްޓެހި ބަޔަކު ކަމުގައި ވީއިރު ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ