ޔޫޙަންނާގެ ތިންވަނަ ސިޓީ 1:1 - ކިތާބުލް މުޤައްދަސާ1 މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން އަހަރެންގެ އިޚުލާސްތެރި އަޚު ގާޔުސްއަށް މި ސިޓީ ލިޔެ ފޮނުވަމެވެ. ތިބާއީ ޙަގީގަތުގައި އަހަރެން ލޯބިވާ ފަރާތެއްމެއެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.