Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 4:21 - ކިތާބުލް މުޤައްދަސާ

21 ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 4:21
11 ပူးပေါင်းရင်းမြစ်များ  

މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ.


މީގެ އިތުރުން މި އަވަށުގައި މާތްރަސްކަލާނގެއަށް އީމާންވީ އެންމެހާ ފަރާތްތަކުގެ ތަހުނިޔާ ވެސް ފޮނުވަމެވެ. ވަކިން ޚާއްސަކޮށް މިތަނުގެ އިސް ވެރިއަކަށް ހުރި ކައިސަރު ރަސްގެފާނުގެ ޚާދިމުންގެ ތެރެއިން އީމާންވީ ފަރާތްތަކުގެ ތަހުނިޔާއެވެ.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


ތިބާ އަންނައިރު ތުރުއަސްގެ ކަރިޕޫހު އަތަށް އަހަރެން ދީފައިވާ އަހަރެންގެ ކޯޓް ގެނެސް ދޭށެވެ. ތިބާ އަންނައިރު އަހަރެންގެ ފަތްތޫރަތައް ހަނދާން ނައްތާނުލާ ގެނެސް ދިނުމަށް އެދެމެވެ. އަދި ޚާއްސަކޮށް ކަންބަޅި ހަމުގައި ތައްޔާރުކޮށްފައިވާ ފަތްފުށްތަކެވެ.


ވީހާ ވެސް އަވަހަށް އަހަރެން ދުށުމަށް ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ.


އަހަރެން މި ވިސްނަނީ އަރުތެމާހު ނޫނީ ތިޚީކުސް ތިބާގެ ކައިރިއަށް ފޮނުވުމަށެވެ. މީގެތެރެއިން އެކަކު ދިއުމާއެކު ތިބާއަށް ވީ އެންމެ އަވަސް ގޮތަކުން ނިކޯޕޮލިސްގައި އަހަންނާއި ބައްދަލު ކުރެވޭތޯ ބަލާށެވެ. ފިނި މޫސުމުގައި އެރަށުގައި މަޑުކުރުމަށް އަހަރެން މިހިރީ ނިންމައިގެންނެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޚާއްސަ އުޚުތާގެ ފަރާތުން ތަހުނިޔާ ފޮނުވަމެވެ.


އަހަރެން އުންމީދު ކުރަނީ ނުހަނު އަވަހަށް ތިބާއާއި ބައްދަލުވެ ތިބާގެ ގާތު މި ވާހަކަ ދެއްކުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ