20 އެރަސްތުސް މިހާރު ހުންނާނީ ކޮރިންތުގައެވެ. މިލޭތުސްއިން އަހަރެން ފުރިއިރު ތުރޯފިމުސް އުޅެނީ ބަލިވެއެވެ.
މިއަށް ފަހު ޕައުލް އަތެންސްއިން ފުރައިގެން ކޮރިންތުއަށް ދިޔައެވެ.
މި ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި މީހާގެ ނަމަކީ ކުރިސްޕުސް އެވެ. އޭނާ އާއި އޭނާގެ ގޭގެ އެންމެން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި މީގެ އިތުރުން ވެސް ކޮރިންތުގެ އެތައް ބަޔަކު މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަހާ ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
ޕައުލް ތިމޮތީ އާއި އެރަސްތުސް އޭނާގެ ކުރިން މެސެޑޯނިޔާއަށް ފޮނުވިއެވެ. އަދި ޕައުލް އޭޝިޔާގައި އިތުރަށް ކުޑަ ދުވަސްކޮޅަކު މަޑު ކުރިއެވެ.
ޖެހިގެން އައި ދުވަހު އަހަރެމެން ކީޔޮސް އޭ ކިޔުނު ރަށް ފަހަނައަޅާ ދަތުރުކޮށް ދިޔައީމެވެ. އަދި އަނެއް ދުވަހު އަހަރެމެން ސާމޮސް އޭ ކިޔުނު ރަށާއި އަރާ ހަމަވިއެވެ. ދެން އޭގެ އެއްދުވަސް ފަހުން އަހަރެމެން މިލޭތުސްއަށް ލެފީމެވެ.
އެކަމަކު އަހަރެމެންނަށް މިލޭތުސްއަށް އާދެވުމާއިއެކު ޕައުލް އެފޭސުސްގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ ބޮޑުންނަށް ޚަބަރު ފޮނުވާ މިލޭތުސް އަށް ޕައުލް އާއި ބައްދަލު ކުރުމަށް އައުމަށް އެދުނެވެ.
އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައި ވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އޭޝިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ.
(އެމީހުން މިހެން ބުނިކަމަކީ އެފޭސުސްގެ މީހެއް ކަމުގައިވާ ތުރޯފިމުސް ޕައުލްއާއި އެކުގައި ރަށުތެރެއިން އެމީހުންނަށް ވަނީ ފެނިފައެވެ. އަދި އެމީހުން ހީކުރީ ޕައުލް ބައިތުލް މަޤްދިސްއަށް އައީ އޭނާ ގޮވައިގެން ކަމުގައެވެ.)