ތިމޮތީއަށް ދެވަނަ ސިޓީ 4:17 - ކިތާބުލް މުޤައްދަސާ17 ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.
ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.