Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 4:14 - ކިތާބުލް މުޤައްދަސާ

14 ކަފުލޮއިގެ މަސައްކަތްކުރާ އިސްކަންދަރު ވަރަށް އިހާނެތިކޮށް އަހަންނާއި މެދު އަނިޔާވެރި ވިއެވެ. މާތްސާހިބާ އޭނާގެ އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވާނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 4:14
18 ပူးပေါင်းရင်းမြစ်များ  

އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“


އެހެނީ ތިޔަބައިމީހުންނަށް ވޭންދެނިވި ކޮންމެ ބަޔަކަށްމެ މާތްރަސްކަލާނގެ އިންސާފުވަންތަ ކަމާއެކު ޢުޤޫބާތް ދެއްވާނެއެވެ.


ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.


އޭނާ އާއިމެދު ސަމާލު ވާށެވެ. އެއީ އަހަރެމެންގެ އުނގަންނައިދިނުން ތަކާއި މެދު އޭނާ ވަރަށް ދެކޮޅުވެރި ވީމައެވެ.


އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


ތިޔަބައިމީހުންނާ މެދު އޭނާ ކަންތައް ކުރިގޮތަށް ތިޔަބައިމީހުން ވެސް އޭނާއާ މެދު ކަންތައް ކުރޭ! އޭނާ ކުރި ކަންތަކަށް ދެގުނައަށް އަގު އަދާކުރޭ! އޭނާ ތިޔަބައިމީހުންނަށް އަޅައިދިން ތަށީގެ ރާތަކަށް ވުރެން ދެގުނައަށް ބާރުގަދަކޮށް އޭނާގެ ތައްޓަށް ރާ އަޅައިދީ!


އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“


އަޅުގަނޑުމެން ކުރި ކުށެއް ވިއްޔާ އެކުށަކަށް އިންސާފު ކުރައްވާނީ މާތްރަސްކަލާނގެ. ކަލޭގެފާނު އަޅުގަނޑާއި މެދު ކުރެއްވި ކަމަކަށް އެކަލާނގެ ސަޒާ ދެއްވާނެ. އެކަމަކު އަޅުގަނޑު ކަލޭގެފާނަކަށް ގެއްލުމެއް ނުދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ