ތިމޮތީއަށް ދެވަނަ ސިޓީ 4:1 - ކިތާބުލް މުޤައްދަސާ1 އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ކޮންމެއަކަސް އޭނާ އެވަޑައިގެން ރަށުގައި އޭނާއަށް ރަސްކަމުގެ ލަޤަބު ލިބިވަޑައިގެން ރަސްކަމަށް އިސްކުރެވުނު. ދެން އެއަށް ފަހު އޭނާ އެނބުރި އޭނާގެ ރަށަށް ވަޑައިގެންނެވި. ރަށަށް ވަޑައިގެން އޭނާ ފައިސާ ހަވާލުކުރި ދިހަ ނޯކަރުން އެއްކުރެއްވި. އެއީ އެމީހުން އެލާރިން ކުރި ވިޔަފާރިން ލިބުނު ފައިދާއަކީ ކޮބައިތޯ ބެލުމަށް.
އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.“
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.
މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.