Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 3:3 - ކިތާބުލް މުޤައްދަސާ

3 އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 3:3
31 ပူးပေါင်းရင်းမြစ်များ  

”⁠އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލީންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.⁠“


ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.


އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.⁠“


ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


ހަމަ މިއާއެކު އެބައިމީހުން ވާންޖެހޭނީ ބީރައްޓެހިންނަށް އުފަލާއެކު މަރުހަބާ ކިޔާ ބައެއް ކަމުގައެވެ. ހަމަ އެފަދައިން އެމީހުން ވާންޖެހޭނީ ހެޔޮ ވިސްނޭ، އިންސާފުވެރި، މާތް އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވާ ބަޔަކަށެވެ.


ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.


ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟


އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.


މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.


ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”⁠އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.⁠“


މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.


އެބޭކަލުން ތިޔަބައިމީހުންނަށް މިފަދައިން ބުނިމެއެވެ. ”⁠ފަހުޒަމާނަށް އައިސް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތްކޮށް ހީނހަދާނޭ. އަދި އެބައިމީހުން ބަލަމުން ގެންދާނީ ޣައިރުދީނުގެ މީހުންގެ އަމިއްލަ އެދުންތަކުގައިވި ފާޙިޝް އަމަލުތަކަށޭ.⁠“


ކަނޑު ދާއްބައިގެ ސޫރައަށް ދިރުން ދިނުމުގެ ބާރު ބިމު ދާއްބައަށް ލިބިދީފައި ވިއެވެ. އެއީ އެކަނޑު ދާއްބައިގެ ސޫރައަށް ވެސް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ދިނުމަށެވެ. އަދި އެ ސޫރަ އެއަށް އަޅުކަން ނުކުރި ހުރިހާ އެންމެން ގަތުލުކޮށްފާނެތީއެވެ.


އެއްވެސް މީހަކަށް ކަނޑު ދާއްބައިގެ ފާހަގަ ނުޖަހައި ގަނެވިއްކުމުގެ ހުއްދައެއް ނުވެއެވެ. މިފާހަގަ އަކީ އެދާއްބައިގެ ނަން ނުވަތަ އޭތީގެ ނަމުގެ ނަމްބަރެވެ.


އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި. އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި. އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.⁠“


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި ގަތުލު ކުރެވިގެންވީ މީސްތަކުންގެ ލޭ އެ އަންހެނާ ބޮނިކޮށް އަހަރެން ދުށީމެވެ. ސަބަބަކީ އެބައިމީހުންނީ އީސާގެފާނާއި މެދު ހެކިވަނިވި މީހުން ކަމުގައި ވީތީއެވެ. އަހަރެންނަށް އެ އަންހެނާ ފެނުނު ހިނދު އަހަރެން މުޅިން ޙައިރާންވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ