Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 2:9 - ކިތާބުލް މުޤައްދަސާ

9 އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 2:9
22 ပူးပေါင်းရင်းမြစ်များ  

މަރުގެ އަދަބު ދިނުމަށްޓަކައި އީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ.


ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ.


އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


އެހެނަސް އަލްމަސީޙާއި މެދުގައި މަގުސަދެއް ނެތި ދެކޭ ފަރާތްތަކުން އަމިއްލަ އެދުމާއި އިޚުލާސްތެރިކަމެއް ނެތި ވަޢުޡު ބުނަމުން އެ ގެންދަނީ މި ގޮތަށް އަހަރެން ޗޭނުޖެހި ހައްޔަރުވެފައި ވާތީވެ އަހަރެން ހިތްދަތި ކުރުވުމަށެވެ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!


އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.


އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.


އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ.


އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


މުސީބާތްތައް ކުރިމަތި ވިޔަސް އަހަރެންނެކޭ އެއްފަދައިން އީސާ އަލްމަސީޙުގެ ރަނގަޅު އަސްކަރީއެއްގެ ގޮތުގައި ވޭނާ ކުރިމަތިލާށެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


އަދި އެކިމަޤާމުތަކަށް ޢައްޔަނުކުރައްވާފައިވީ ވެރިންނަށް ވެސް މެއެވެ. ސަބަބަކީ އެކަލާނގެ މިފަދަ ވެރިން ޢައްޔަނުކުރެއްވީ ނުބައި އަމަލުތަކުގެ ފަރާތްތަކަށް ސާޒާ ދީ އަދި ހެޔޮ އަމަލުތަކުގެ ފަރާތްތަކަށް ތަޢުރީފު ކުރުމަށެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ